Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ރާއްޖެ އެތެރެ ކުރަން އުޅުނު 15 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ކަސްޓަމްސްއިން އަތުލައިގަނެފައިވާ މަސްތުވާތަކެތި-- ފޮޓޯ: ކަސްޓަމްސް

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 15 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ، އިއްޔަ މެންދުރުފަހު ރާއްޖެއައި 31 އަހަރުގެ ބްރެޒިން އަންހެނެއްގެ އަމަލުތައް ހުރިގޮތުން އެމީހާއާއި މެދު ޝައްކުކުރެވިގެން، އޭނާގެ ލަގެޖް ކަސްޓަމްސްއިން ބަލައި ފާސްކޮށްފައިވާކަމަށެވެ.

އެގޮތަށް ބެލުމުގެތެރެއިން ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާކަމަށާއި އެތަކެތި ޓެސްޓް ކުރިއިރު ކޮކެއިންއަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. މި ތަކެތީގެ ބަރުދަނުގައި 3.197 ކިލޯގްރާމް ހުރި ކަމަށާއި، މިތަކެތީގެ މަގުމަތީ އަގު 15،985،000.00 ރުފިޔާއަށް އަރާކަމަށެވެ.

މި މައްސަލައިގައި ހިމެނޭ މީހާއާއި އަތުލައިގަނެފައިވާ މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލު ކޮށްފައިވާކަމަށްވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.