Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ހިޔާ ފްލެޓް ކުލި ކުޑަކުރެވެން ނެތްކަން ހާމަކޮށްފި

ހިޔާ މަޝްރޫއުގެ ފްލެޓުތައް: ފޮޓޯ / ވަން

ހިޔާ ފްލެޓްތަކަށް ކުއްޔާއި ސާވިސް ފީ އާއެކު ދައްކަންޖެހޭ ޖުމުލަ އަދަދަށް ބަދަލެއް ގެނެވެން ނެތްކަމަށް އެޗްޑީސީން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިންް ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ ފްލެޓްތަކުގެ ސާވިސް ފީއާ އެކު ކުލީގެ ގޮތުގައި ކަނޑައަޅާފައިވާ 8،500ރ. އަށް ބަދަލެއް ގެނައުމަށް ނިންމާފައިނުވާ ކަމަށާއި ފްލެޓް އެޅުމަށް ނަގާފައިވާ ލޯނު ދެއްކެން އޮތީ ކުއްޔަށް އެވަރު ނަގައިގެން ކަމަށެވެ.

ސުހައިލް ވިދާޅުވީ ފްލެޓްތަކަށް ވަންނައިރު އަސާސީ ހިދުމަތްތައް ވެސް ލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ ހުރިހާ ކަމެއްގައި ލުއި ނުދެވޭނެ ކަމަށާއި ލުއި ދެވެން ހުރި ކަންކަމުގައި ލުއިތައް ދެމުން އަންނަ ކަމަށެވެ.

ފްލެޓްތަކުގެ ކުލި ކުޑަ ކުރުމަށް ގޮވާލާ އިއްޔަ ފްލެޓް ލިބުނު ފަރާތްތަކުން މުޒާހަރާވެސް ކޮށްފައިވެއެވެ. އެގޮތުން އެމީހުން އެދިފައިވަނީ މަހަކު 5،000ރ. އަދި ސާވިސް ފީގެ ގޮތުގައި 600ރ. ނެގުމަށެވެ.

އެޗްޑީސީން ވަނީ ފްލެޓްތަކުގެ މަސައްކަތްތައް ނިންމުމަށް ދޭ 3 މަސްދުވަހުގެ މުއްދަތުގައި ކުލި ނުނަގާނެކަން ހާމަކޮށްފައެވެ. އެގޮތުން ޑިސެމްބަރާއި ހަމައަށް ކުލި ނުނަގާނެކަން ހާމަކޮށްފައިވެއެވެ.