Last Updated: July 21, 18:02
Wednesday, July 22, 2026
ކުޅިވަރު

ބެންޒެމާގެ ދެ ގޯލާއެކު ރެއާލް މޮޅަކުން ލީގު ފަށައިފި

ކަރީމް ބެންޒެމާގެ ދެ ގޯލާއެކު އަލަވޭސްގެ މައްޗަށް 4-1 އިން ކުރި ހޯދައި ރެއާލް މެޑްރިޑުން މޮޅަކުން ސްޕެނިޝް ލީގު ފަށައިފިއެވެ.

އަލަވޭސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މެޗުގެ 48 ވަނަ މިނެޓްގައި ރެއާލްގެ އިތުބާރު ފޯވާޑް ބެންޒެމާ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 56 ވަނަ މިނެޓްގައި ރެއާލްގެ ދެވަނަ ގޯލު ނާޗޯ ކާމިޔާބުކޮށްދިންއިރު، މެޗުގެ 62 ވަނަ މިނެޓްގައި ބެންޒެމާ ވަނީ ރެއާލްގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

މެޗުގެ 65 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޖޮސެލޫ، އަލަވޭސް އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިންއިރު މެޗުގެ ފަހު މިނެޓްގައި ވިނީޝަސް ވަނީ ރެއާލްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ރޭގެ މެޗުގައި މި ޓްރާންސްފާ މާކެޓުގައި ރެއާލްއާ އަލަށް ގުޅުނު ޑޭވިޑް އަލާބާ ކުޅެފައިވާއިރު، މިދިޔަ ސީޒަނުގައި ލޯނެއްގެ ދަށުން ޓޮޓެންހަމް އަށް ކުޅުނު ގެރެތް ބޭލް ވެސް ރެއާލްގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައިވެއެވެ.

ސްޕެނިޝް ލީގުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ މިރޭ ސެލްޓަވީގޯއާ ދެކޮޅަށް ނިކުންނައިރު، ލީގުގެ ތިންވަނަ މިދިޔަ ސީޒަނުގައި ހޯދި ބާސެލޯނާ މިރޭ ނިކުންނާނީ ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށެވެ.