Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ގުދަނެއްގައި ގޭސް އޮކްސްޕްލޯޝަނެއް ހިނގާ މީހަކަށް އަނިޔާވެއްޖެ

މާލޭގައި ގުދަނެއްގައި ގޭސް އެކްސްޕްލޯޝަނެއް ހިނގާ މީހަކަށް އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ގޭސް އެކްސްޕްލޯޝަން ހިންގާފައިވަނީ ބިސްބުރުކައިރީ ހުންނަ ވަގުތީ މިސްކިތްކައިރީ ހުންނަ ގުދަނެއްގައި ކަމަށެވެ. އެގޮތުން ގޮވާފައިވަނީ އަލިފާން ނިއްވަން ގެންގުޅޭ ފުޅިތަކެއް ހުރި ގުދަނެއްގައެވެ.

އަދި މި ހާދިސާގައި ދެމީހަކަށް އަނިޔާވެފައިވާއިރު އެކަކު ފިހިފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. އަނިޔާވެފައިވަނީ ދިވެއްސަކާއި ބިދޭސީއަކަށް ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މިހާދިސާ ހިނގާފައިވާ ތަނުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަމުން އަންނަކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.