Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

މަޖިލިސް ރަނގަޅަށް ކުރިއަށް ނުދާނަމަ އެކަމުގެ ޒިންމާ ނަގާނީ ކާކު؟: އާދަމް ޝަރީފް

މެމްބަރު އާދަމް ޝަރީފް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް ރަނގަޅަށް ކުރިއަށް ނުދާނަމަ އެކަމުގެ ޒިންމާ ނަގާނީ ކާކުތޯ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ސުވާލު އުފައްދަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށާއިރު އާދަމް ޝަރީފް ވަނީ މަޖިލީހުގެ ކަންކަމާގުޅިގެން ހުރި ބައެއް ކަންބޮޑުވުންތައް ފާޅުކުރައްވާފައެވެ.

އެގޮތުން މާދަމާ މަޖިލީހުގެ ޖަލްސާތައް ފަށާއިރު އެންމެ އެދެވޭގޮތުގައި މަޖިލީހުގެ ހިދުމަތް ގައުމާއި ރައްޔިތުންނަށް ނުލިބިދާނެތީ ކަންބޮޑުވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އެގޮތުން މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު ރާއްޖެއިން ބޭރުގައި ހުންނެވި ކަމާއި، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަވަނީ ނައިބު ރައިސް އީވާ އަބްދުﷲ ކަމާއި އަދި މަޖިލީހުގެ މެޖޯރިޓީ އޮތީ ރައީސް ސޯލިހްގެ އަތުގައިކަން އެމަނިކުފާނު ހާމަކުރައްވާފައިވާކަން އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.

އަދި ވަނީ މަޖިލިސް ރަނގަޅަށް ކުރިއަށްނުދާނަމަ އެކަމުގެ ޒިންމާ ނަގާނީ ކާކުތޯ ސުވާލު އުފައްދަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށާއިރު މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ހިނގާނީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.