Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

މަހުލޫފްގެ މައްސަލައިގައި ތަފާތު ގޮތަކަށް އަމަލެއް ނުކުރަން: ޕީޖީ

ޕީޖީ ހުސެއިން ޝަމީމު - ފޮޓޯ: މިހާރު

ސަސްޕެންޑް ކޮށްފައިހުރި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލައިގައި ތަފާތު ގޮތަކަށް އަމަލު ނުކުރާކަމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު އެ އޮފީހުން އަދިވެސް ދައުވާ ކުރުމާ މެދު ގޮތެއް ނިންމާފައެއްނުވެއެވެ. އަދި މިފަހުން މަހުލޫފް ވަނީ އޭނާގެ މައްސަލައިގައި ދައުވާ ނުކޮށް ގިނަ ދުވަސްވާއިރު އެ މައްސަލައިގައި ދައުވާ ކޮށްފިނަމަ ދައުލަތް "އޮރިޔާން" ވާނެކަމަށް ބުނެފައެވެ. ފަހުްނ މަހުލޫފް ވަނި ދައުލަތްކަމަށް ބުނެފައިވަނި ދައުލަތުގެ ވަކީލުންނަށްކަމަށް ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު ވިދާޅުވީ މައްސަލަތަކުގައި ދަޢުވާ ކުރުމާމެދު ޕީޖީ އޮފީހުން ނިންމާ ނިންމުންތަކަކީ ހެކި ޤަރީނާގެ މައްޗަށް ބިނާވާ ނިންމުންތަކެއް ކަމަށެވެ. މައްސަލަތަކުގައި ތަހުޤީޤީ އިދާރާތަކުން ހޯދާ ހެކި ޤަރީނާއަކީ ޤާނޫނާ އެއްގޮަތަށް ހޯދާފައިވާ ހެކި ޤަރީނާކަން ކަށަވަރު ކުރާނެކަން ފާހަގަކޮށް ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިމައްސަލައިގައިވެސް އެކަން ކަށަވަރު ކުރާނެކަމަށެވެ.

"މި އޮފީހުން އެއްވެސް މީހަކާމެދު ނުޙައްޤުން ޢަމަލު ނުކުރަން، މިކަމުގައި އެއްވެސް އިސްތިސްނާ އެއްނެތް." ޕީޖީ އޮފީޙުގެ އޮފިޝަލް ވިދާޅުވިއެވެ.

ޕީޖީގެ އޮފިޝަލް ވިދާލުވީ ބައެއް ބޮޑެތި މައްސަލަތަކުގައި ދައުވާ ކުރުމާމެދު ގޮތެއް ނިންމާ މަރުހަލާގައި އިތުރު ކަންކަން ސާފުކުރުމަށް ނުވަތަ ތަހުޤީޤީ އިދާރާތަކާއެކު ކުރަންޖެހޭ އިތުރު މަސައްކަތްތައް ހުންނާތީ އިތުރު މުއްދަތުތަކެއް ހޭދަވާކަމަށާއި މަހުލޫފްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި ވެސް ދިމާވެފައިވަނީ އެހެންކަމަށެވެ. އަދި މިއީ މަހުލޫފްއާ މެދު ތަފާތު ގޮތަކަށް އަމަލުކުރަނީ ނޫންކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މަހުލޫފްގެ ތުހުމަތުތަކާ ގުޅިގެން ޕީޖީގެ އޮފިޝަލް ވިދާޅުވީ ތުހުމަތުކުރެވޭ ފަރާތުން މި އޮފީހަށް ނިސްބަތްކޮށް ކުރައްވާ ތުހުމަތުތަކަކީ މައްސަލައިގެ ތުހުމަތުކުރެވޭ މީހެއްގެ ހައިސިއްޔަތުން އެބޭފުޅާ ދެކެވަޑައިގަންނަވާގޮތް ކަމަށް ވެދާނެ ކަމަށާއި އެއީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ޕީޖީ އޮފީހުން ޤާނޫނާ ހިލާފަށް އެއްވެސް މީހަކާމެދު އަމަލު ނުކުރާނެކަމުގެ ކަށަވަރުކަން އަރުވާކަމަށެވެ.