Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ދާންދޫއިން ހަށިވިއްކާ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

ގއ. ދާންދޫ--

ގއ. ދާންދޫގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އެ ރަށުގައި ރޭ ހިންގި އޮޕަރޭޝަނެއްގައި ވަނީ ހަށިވިއްކާ ކަމުގެ ތުހުމަތުގައި ހަތް މީހަކު ހައްޔަރު ކޮށްފައެވެ.

ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހި އަންހެނުންނާއި ދެ ދިވެހި ފިރިހެނުންގެ އިތުރުން ތިން ބިދޭސީ ފިރިހެނުން ކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށްވެސް ބުނެފައިވެއެވެ.