ދެހާސް އެގާރަ ވަނަ އަހަރު އައްޑޫގައި ބޭއްވި 17 ވަނަ ސާކް ސަމިޓަށް އައްޑޫ ތަރައްގީ ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 231 މިލިއަން ރުފިޔާ ބަޖެޓް ކުރި ނަމަވެސް 900 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ގައުމީ ޕާޓީގެ ނާއިބް ރައީސް އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.
ރިޔާޒް ވިދާޅުވީ ދައުލަތުގެ މާލިއްޔަތުން ސާކް ސަމިޓަށް އައްޑޫ ސިޓީ ތަރައްގީ ކުރުމަށް 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކުރި ކަމަށް ބުނެ ނަޝީދުގެ ސަރުކާރުން ހިސާބުތައްހުށަހެޅި ކަމަށެވެ. އެހެން ނަމަވެސް އައްޑޫން އެ ބުނާ މިންވަރާ ގާތަށް ވެސް ފައިސާ ޚަރަދުކޮށްފައިވާކަން ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ރިޔާޒް އަދި ވިދާޅުވީ މިހާތަނަށް ހަރަދު ކުރި ގޮތުގެ ތަފުސީލެެއް ވެސް ލިބިފައި ނުވާ ކަމަށެވެ.
ރިޔާޒް އިތުރަށް ވިދާޅުވީ ސާކް ސަމިޓަށް އައްޑޫ ތަރައްގީ ކުރުމަށް ކަމަށް ބުނެ ނަޝީދުގެ ސަރުކާރުން ރަށްޓެހިންނަށް ޕްރޮޖެޓްތައް ދިނުމަށް ހޭދަ ކުރި ފައިސާ އައްޑޫގެ ސިއްހީ ކަންތައްތަކާއި މަގުތަކާއި އައްޑޫގެ ފެނާއި ނަރުދަމާ ގާއިމްކުރުމަށް ހޭދަކުރިނަމަ މިއަދު އައްޑުއަކީ ރާއްޖޭގެ އެންމެ ތަހުޒީބު އެންމެ ކުރިއަރާފައިވާ ސިޓީއަށް ވެގެން ދާނެ ކަމަށެވެ.
ނަޝީދުގެ ސަރުކާރުން 300 މިލިއަން ރުފިޔާ ސާކް ސަމިޓަށް ހަރަދު ކުރި ކަމަށް ބުނެ ހުށަހެޅި ނަމަވެސް 900 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސާކް ސަމިޓަށް ހަރަދުކޮށްފައިވާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
ސާކް ސަމިޓާ ގުޅޭ މައްސަލަތަކެެއް އޮޑިޓް ކުރަމުން އަންނާތީ މިދިޔަ ޑިސެމްބަރު މަހު އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހީމް އައްޑު އށް ވަޑައިގެން ކަމާ ގުޅޭ ގޮތުން މައުލޫމާތު ހޯއްދަވާފައިވެ އެެވެ.