ހުއްދަ ނެތި ތަންތަނުގައި ފަތުރުވެރިން ބޭތިއްބުމަކީ ހިއުމަން ޓްރެފިިންގެ އަމަލެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުالله މައުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހިއުމަން ޓްރެފިކިންއާ ފަތުރުވެރިކަމާ ވަރަށް ތަފާތުވާނެކަމަށެވެ.
އެގޮތުން ހުއްދަ ނެތި ތަންތަނުގައި ފަތުރުވެރިން ބޭތިއްބުމަކީ ފަތުރުވެރިކަން ނޫންކަމަށާއި، އެއީ ހިއުމަން ޓެރިފިކިން ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވެފައިވެއެވެ. އަދި އެފަދަ ކަންކަން ބަލާ ފިޔަވަޅު އަޅާނެކަން ކަމާގުޅޭ އިދާރާތަކުން ހާމަކުރުމުން ހިތްހަމަޖެހުން ލިބޭކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.
ހިއުމަން ޓްރެފިކިނގް އާ ޓޫރިޒަމާ ވަރަށް ތަފާތު.
ތަންތަނުގައި ޓޫރިސްޓުން ހުއްދަނެތި ބޭތިއްބުން އެއީ ޓޫރިޒަމެއްނޫން، އެއީ އިންސާނީ ވަގުފާރި (ހިއުމަން ޓްރެފިކިންގް).
ކަމާގުޅޭ އިދާރާތަކުން އެފަދަކަންތައްތައް ބަލާ ފިއަވަޅު އަޅުއްވާނެކަމުގެ ހަބަރު ލިބުމުން ކުޑަކޮން ހިތްހަމަޖެހިއްޖެ.— Abdulla Mausoom (@Mausoom_Maus) August 15, 2021
މިނިސްޓަރު މައުސޫމް މިފަދައިން ވިދާޅުވެފައިވާއިރު ހުއްދަ ނެތި ބައެއް ތަންތަނުގައި ފަތުރުވެރިން ބައިތިއްބާކަމުގެ ޝަކުވާ ލިބިފައިވާކަން ފުލުހުން ހާމަކޮށްފައިވެއެވެ. އަދި އެކަން ހައްލުކުރުމަށް ކަމާގުޅޭ އިދާރާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރާނެކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.