Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

އަބުރުގެ ބިލް، މީޑިއާ އެންޑް ބްރޮޑްކާސްޓިން އޮތޯރިޓީގެ ބިލު ހިމެނޭގޮތަށް 32 ބިލެއް މިދައުރަށް

ބަންޑާރަނައިބު އިބްރާހިމް ރިފްއަތު

ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހެޅަން ޤަސްދުކުރާ ބިލުތަކުގެ ލިސްޓު ބަންޑާރަނައިބުގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރަށް ހުށަހެޅުމަށް ސަރުކާރުން ޤަޞްދުކުރާ ބިލުތަކުގެ ތެރޭގައި އެކި ދާއިރާތަކުން ޖުމްލަ 32 ބިލެއް ހިމެނެއެވެ.

މީގެތެރެއިން ފާހަގަކޮށްލެވޭ ބައެއް ބިލުތަކުގެ ތެރޭގައި ހެއްކާބެހޭ ބިލު، އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ އޮތޯރިޓީގެ ބިލު، ޙައްޖާއި ޢުމްރާގެ ކަންކަން އިންތިޒާމުކުރުމާބެހޭ ބިލު، ފޮރިން އިންވެސްޓްމަންޓުގެ ބިލު، މަސައްކަތު މާޙައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލު އަދި އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލު ހިމެނެއެވެ.

މީގެ އިތުރުންވެސް، ޤާނޫނީ އަދި ޝަރުއީ ދާއިރާއާ ގުޅުންހުރި ބިލުތަކާއި، ދީނީ އަދި އިޖްތިމާޢީ ދާއިރާއާގުޅޭ ބިލުތަކާއި، އިޤްތިޞާދީ އަދި ތިމާވެށީގެ ދާއިރާއާގުޅޭ ބިލުތައް ހިމެނެއެވެ.