Last Updated: June 30, 09:26
Tuesday, June 30, 2026
ވިޔަފާރި

އެސްޓިއޯގެ ޗެއާމަނަކަށް ނިޔާޒް

އެސްޓީއޯގެ ޗެއާމަންކަމުގައި ހުންނެވި އަބްދުﷲ ފާއިޒު އެ މަގާމުން ވަކިކޮށް އެމަގާމަށް ސ.މީދޫ ހަސަންކާރިގެ، އަހުމަދު ނިޔާޒް ސަރުކާރުން ހަމަޖައްސައިފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ އެސްޓިއޯގެ ޗެއާމަން ކަމަށް އަހުމަދު ނިޔާޒު އައްޔަންކުރަން ފެންނަ ކަމަށް މިމަހުގެ 19 ވަނަ އެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

ނިޔާޒަކީ މިހާރު ވެސް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދި އޭނާ އަކީ އެމްޓީޑީސީގެ އެގްޒެކެޓިވް ޑިރެކްޓަރު ވެސް މެ އެވެ.