Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ތިނަދޫ އަނެއްކާވެސް މޮނިޓަރިންއަށް

ގދ. ތިނަދޫ އަނެއްްކާވެސް މޮނިޓަރިންއަށް ގެނެސްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ތިނަދޫ ކައުންސިލަށް ފޮނުވި ލިޔުމުގައި ބުނެފައިވަނީ މިއަދު ހެނދުނު 9:11 އިން ފެށިގެން ތިނަދޫގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭގެ ހުއްދަނެތި އެެއްވެސް މީހަކު ރަށައް އެރުން މަނާކޮށް ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަމަށެވެ.

ތިނަދޫ އަލުން މޮނިޓަރިންއަށްލާފައި މިވަނީ ތިނަދޫ ސްކޫލްގެ ގްރޭޑު ހަތަރެއްްގައި ކިޔަވާ ދަރިވަރަކު ކޮވިޑު -19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ތިނަދޫއިން އިއްޔެ ވަނީ ޖުމްލަ 3 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.