Last Updated: June 26, 10:52
Friday, June 26, 2026
ޚަބަރު

ރައީސް ސޯލިހް ތ. އަތޮޅުގެ 7 ރަށަކަށް ވަޑައިގަންނަވަނީ

ރައިސް ސޯލިހް ހދ. ކުމުންދޫގައި-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތ. އަތޮޅުގެ ހަތް ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވާނެކަން ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް ސޯލިހް ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގެ ތިމަރަފުށި، ކިނބިދޫ، އޮމަދޫ، ވޭމަންޑޫ، ވަންދޫ، ކަނޑޫދޫ އަދި ގާދިއްފުށިއަށް ޒިޔާރާތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މި ދަތުރުފުޅަކީ ތިން ދުވަހަށް ކުރައްވާ ދަތުރުފުޅެއްކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ. މިފަހުުން ރައީސް ސޯލިހް ވަނި ހދ. ގެ ތިން ރަށަކަށްވެސް ވަޑައިގެންފައެވެ.