ޖިންސީ ގޯނާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އުފުލާފައިވާ އަލީ ވަހީދު ޖުމްހޫރީ ޕާޓީގެ ރައީސް ކަމުން ވަކިކުރުމަށް އެ ޕާޓީގެ ސުލޫކީ ކޮމިޓީއަށް ހުށަހަޅައިފިއެވެ.
އަލީ ވ ަހިދުގެ މައްސަލަ ޖޭޕީގެ ސުލޫކީ ކޮމިޓީއަށް ހުށަހަޅަން ނިންމާފައިވަނީ ރޭ ބޭއވްި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ. އެ ކައުންސިލް ބައްދަލުވުމުގައި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
މީގެ އިތުރުން ރޭގެ ކައުންސިލް ބައްދަލުވުމުގައި ވަނީ ޖޭޕީގެ ސިޔާސީ ހަރަކާތްތައް އަލުން ފަށަން ވެސް ނިންމާފައެވެ.
އަލީ ވަހީދު ޖޭޕިގެ ރައީސް ކަމުން ވަކިކުރުމަށް ސުލޫކީ ކޮމިޓިއަށް ހުށަހަޅާފައިވާއިރު، ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި އޭނާގެ މައްޗަށް ވަނި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އަދި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދައުވާ އުފުލާފައެވެ.