Last Updated: June 26, 10:52
Friday, June 26, 2026
ޚަބަރު

އިދާރާތަކުގެ މެދުގައި ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރަން ފަށައިފި

މިނިސްޓަރު އިމްރާން އަބްދުﷲ - ފޮޓޯ: މަޖިލިސް

ޓެރަރިޒަމްގެ މައްސަލަތަކާ ގުޅޭ އިދާރާތުގެ މެދުގައި ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމުގެ އަމަލީ މަސައްކަތް ފަށައިފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 3-19 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރ އޮފް ހޯމް އެފެއާޒް އެކުލަވާލަންޖެހޭ ޓެރަރިޒަމާާ ގުޅޭ އިންޓެލިޖެންސް ހިއްސަަކުރުމުގެ އޮނިގަނޑު އެކުލަވާލައި، މައުލޫމާތު ހިއްސާކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާކަމަށެވެ.

މިކަމަށްޓަކައި އެކުލަވާލަންޖެހޭ އިންތިޒާމް އެކުލަވާލައި މިމަސައްކަތް މިއަދު ފެށިގެން މިދިޔައީ ޤާނޫނުގައި ބަޔާންކުރާ އިންޓެލިޖެންސް އިދާރާތަކުގެ ވަރަށް ބޮޑު އެހީތެރިކަމާއެކުކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މީގެ އިތުުރުން މިނިސްޓަރު އިމްރާން ވިދާޅުވީ މިނިޒާމު އިތުރަށް ހަރުދަނާކޮށް ރައްކާތެރިކަމާއެކު އަވަހަށް މިފަދަ މައުލޫމާތު ހިއްސާކުރުމާއި އެފަދަ މައުލޫމާތު އެނެލައިޒް ކުރުމުގެ ޤާބިލުކަން މުއައްސަސާތަކުގައި އިތުރުކުރުމަށް ކުރަންޖޭހޭ އިތުރު މަސައްކަތް ކުރިއަށް އޮތްތަނުގައި ކުރަމުން ދާނެކަމަށެވެ.

މި މަސައްކަތަކީ ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގައި ހިމަނާ ނުކުރެވި އޮތް މަސައްކަތެކެވެ. އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓްގައި މި މަސައްކަތް ނުކުރެވި އޮތްކަން ފާހަގަކޮށް މި މަސައްކަތް ނިންމުމަށް ހުށަހަޅާފައިވެއެވެ.