Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

ހާލަތު ބެލުމަށް މަރަދޫން ރެންޑަމް ސާމްޕަލް ނަގަނީ

މަރަދޫން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ ރަށުގެ ހާލަތު ބެލުމަށް ރެންޑަމް ސާމްޕަލް ނެގުމަށް ނިންމައިފިއެވެ.

މަރަދޫ ސިއްހީ މަރުކަޒުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަރަދޫން ގިނަ ބަޔަކު ކޮވިޑު-19 އަށް ޕޮޒިޓިވްވަމުން އަންނާތީ ރަށުގެ ހާލަތު ދެނެގަތުމުގެ ގޮތުން ރެންޑަމް ސާމްޕަލް ނެގުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހހަކު ހަވީރު 3 އިން އިރު އިއްސި 6 ޖެހުމާއި ހަމައަށް މަރަދޫ ބަނދަރު ސަރަހައްދުގައި ރެންޑަމް ސާމްޕަލް ނެގުން އޮންނާނެކަމަށެވެ.

އައްޑޫ ސިޓީގައި މިވަގުތު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ހުރީ މަރަދޫގައެވެ. މަރަދޫގައި އެކްޓިވް 87 ކޭސް ހުރި އިރު މުޅި އައްޑޫ ސިޓީގެ ޖުމްލަ ޕޮޒިޓިވް ކޭސްގެ އަދަދަކީ 127 އެވެ. އިއްޔެވެސް އައްޑޫން 10 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.