Last Updated: June 26, 10:55
Friday, June 26, 2026
ޚަބަރު

ވިލުފުށީ ހައުސިން ޔުނިޓްތަކުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނަށް

ތ. ވިލުފުށީގައި ނުނިމި ހުރި ހައުސިން ޔުނިޓްތައް އަދި އަލަށް އަޅާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފިއެވެ.

އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ ވިލުފުށީގައި އިމާރާތްކުރަން ފަށާފައިވާ 64 ހައުސިން ޔުނިޓް ނިންމުމަށް އަދި އަލަށް މަސައްކަތްފަށާ 36 ހައުސިން ޔުނިޓްގެ މަސައްކަތެވެ. 

އަމީން ކޮންސްޓްރަކްޝަނަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 82،1138،268.57 ރުފިޔާއަށް 240 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ވިލުފުށީގައި ނުނިމިހުރި މަސައްކަތަކީ ނޫމަޑިން 2011 ގައި ފަށާ 2014 ގައި ހުއްޓިފައިވާ މަސައްކަތެކެވެ. މިމަޝްރޫއުގެ ދަށުން ނޫމަޑިއާ 100 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ހަވާލުކުރިއިރު، މަޝްރޫއު ހުއްޓުނުއިރު މަސައްކަތް ފަށާފައިވަނީ 64 ހައުސިން ޔުނިޓްގެއެވެ.

ވިލުފުށީ ހައުސިން ޔުނިޓްގެ މަސައްކަތަކަކީ މިއަހަރު ބަޖެޓްގައި ހިމެނިގެން ކުރިއަށްދާ މަޝްރޫއެކެވެ.