Last Updated: June 26, 10:51
Friday, June 26, 2026
ޚަބަރު

18 އަހަރު ފުރުމާއެކު ޕީޕީއެމް އަށް ސޮއި ކޮށްފި

އުމުރު ހަމަނުވެގެން ޕީޕީއެމްއަށް ނުގުޅެވި ހުރި ކުއްޖަކު އުމުރުން 18 އަހަރު ފުރުމާއެކު ޕީޕީއެމަށް ސޮއިކޮށްފިއެވެ.

ޕީޕީއެމްގެ ޓީމުތައް މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުން އަންނައިރު އައްޑޫސިޓީގައި ވެސް ޕީޕީއެމްގެ ޓީމުތައް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެގޮތުން އުމުރުން 18 އަހަރު ފުރުމާއެކު ޕީޕީއެމަށް ގުޅިފައިވަނީ ހުޅުދޫގެ ޒުވާނެކެވެ.

ޕީޕީއެމުން އެ ޕާޓީގެ މެމްބަރުން އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރަމުން އަންނައިރު މި ދަތުރުގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މެސެޖެއް ޕީޕީއެމްގެ މެމްބަރުންނަށްވެސް ދެވިގެންދާނެކަމަށް ޕީޕީއެމުން މައުލޫމާތުދެއެވެ.