Last Updated: June 14, 18:14
Saturday, June 14, 2025
ޚަބަރު

މެމްބަރު ހުސެއިންގެ ބައްޕަ އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދުގެ ބައްޕާފުޅު، މުހައްމަދު އިބްރާހިމް އަވަހާރަވެއްޖެ އެވެ.

މެމްބަރު ހުސެއިން ބައްޕަ އަވަހާރަވެފައިވަނީ މިއަދު ހެނދުނު 10:00 ހާއިރުއެވެ. މޫނު ދެއްކުން ކުރިއަށްދަނީ ފުވައްމުލަކުގައި ހުންނަ އަމިއްލަފުޅު ގޭގައެވެ. ކަށު ނަމާދު އޮންނާނީ މިއަދު މަޣްރިބު ނަމާދަށްފަހު ފުވައްމުލަކު ހުކުރު މިސްކިތުގައި ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.

މެމްބަރު ހުސެއިންގެ ބައްޕަ އަވަހާރަވިއިރު، އުމުރުފުޅަކީ 83 އަހަރެވެ. އަވަހާރަވި އިރު މެންބަރު ހުސައިން އާއެކު އަށް ބޭފުޅުން ތިއްބަވައެވެ. އަދި އަނބިކަނބަލުން ދުނިޔޭގައި އެބަ އިންނެވިއެވެ.