ކޮވިޑް-19ގެ ގައިޑްލައިންތަކަށް އަމަލުކުރޭތޯ ބެލުމަށް ފުވައްމުލަކު ސިޓީގައި ފުލުހުން އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނެފައިވަނީ މި އިންސްޕެކްޝަނަކީ ފުވައްމުލަކުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ ފުވައްމުލަކު ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން އިއްޔެ ކުރިއަށް ގެންދިޔަ އިންސްޕެކްޝަނެއް ކަމަށެވެ.
މި އިންސްޕެކްޝަންގައި ފުވައްމުލަކުގައި ހުރި ހޮޓާ، ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކުން ހިދުމަތް ދިނުމުގައި އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހިދުމަތް ދެމުންދޭތޯ ކަށަވަރުކުރުމާއި ހޭލުންތެރިކަން އިތުރުކުރުމަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ފުވައްމުލަކުސިޓީގައި މިފަދަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު އެސިޓީ މިހާރު އޮތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.