Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ހުޅުމާލޭ މުނިސިޕަލް ހިދުމަތް ސިޓީ ކައުންސިލަށް ބަދަލުކުރުމަށް އެދި ޕެޓިޝަނެއް

ހުޅުމާލޭ މުނިސިޕަލް ހިދުމަތް ސިޓީ ކައުންސިލަށް ބަދަލުކުރުމަށް އެދި ހުޅުމާލެ ރައްޔިތުންގެ ފަރާތުން ޕެޓިޝަނެއް މާލެސިޓީ ކައުންސިލަށް ހުށަހަޅައިފިއެވެ.

މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެތެރެއިން ހުޅުމާލޭގެ ރައްޔިތުންގެ ބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން ހުށަހެޅި މި ޕެޓިޝަނާ ހަވާލުވީ މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.

މި ޕެޓިޝަން ހުށަހެޅި ފަރާތާ ހަވާލާދީ މާލެސިޓީ ކައުންސިލުން ބުނެފައިވަނީ ޕެޓިޝަލްގައި ސޮއި ކުރުމުގެ ފުރުސަތު ހުޅުވާލައި 10 ގަޑިއިރުތެރޭ 1800 މީހުން ސޮއިކޮށްފައިވާކަމަށެވެ.

މިހާރު އޮތްގޮތުން ހުޅުމާލޭގެ މުނިސިޕަލް ބައެއް ހިދުމަތްތައް ދިނުން އޮންނަނީ އެޗްޑީސީއަށެވެ. އަދި އެކަމުގެ ކަންބޮޑުވުން މާލެސިޓީ މޭޔަރު ޑރ. މުއިއްޒުވެސް ފާހަގަކުރައްވާފައިވެއެވެ.