Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ތާއީދުކުރާނީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެނޑިޑޭޓުންނަށް: ރައީސް ނަޝީދު

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްޑީޕީ ގައުމީ މަޖިލީޙުގެ އިންތިހާބުގައި ތާއީދުކުރާނީ ބަރުކަމާނީ ނިޒާމަށް ތާއީދުކުރާ ކެނޑިޑޭޓުންނަށްކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައިސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި މިކަން ހާމަކުރައްވާފައިވާއިރު އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 25 ވަނަ ދުވަހުއެވެ.

ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެނޑިޑޭޓުންނަށް ތާއީދުކުރައްވާނެކަން ރައީސް ނަޝީދު ހާމަކުރެއްވިއިރު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތްވެސް ވަނީ ފާށަފައެވެ. މި ޕެޓިޝަންގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވަނީ މަޖިލިސް މެމްބަރު އިބްރާޙިމް ރަޝީދު (ބޮންޑޭ)އެވެ.

އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަމުގައި ރައިސް ނަޝިދަށް ތާއީދުކުރާ ފަރާތްތަކުން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ގޮވާލަމުން އަންނައިރު ރައީސް ސޯލިހް މިކަމާ ގުޅޭގޮތުން މީގެ ކުރިން ބުނެފައިވަނީ ވެރިކަމުގެ ނިޒާމާ ގުޅޭ ނިންމުމަކީ ރައްޔިތުން މީގެ ކުރިން ނިންމާފައިވާ ނިންމުމެއް ކަމަށާއި، ދެންވެސް އެކަމާ ގުޅޭގޮތުން ގޮތެއް ނިންމާނަމަ ނިންމަންޖެހޭނީ ރައްޔިތުން ކަމަށެވެ