Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ދުވަސްކޮޅަކަށް ފަހު ކޮވިޑްގައި މީހަކު މަރުވެއްޖެ

ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާދިނުމަށް ހުޅުމާލޭގައި ހަދާފައިވާ ފެސިލިޓީގައި އެޑްމިޓްކޮށްފައިވާ މީހުންތަކެއް. ފޮޓޯ: ހެލްތު މިނިސްޓްރީ

ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ މިއަދު 11:20 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު މަރުވެފައިވާކަމަށެވެ.

އެގޮތުން މަރުވެފައިވަނި އުމުރުން އުމުރުން 75 އަހަރުގެ ދިވެހި އަންހެނެކެވެ. މިއާއެކު ކޮވީޑް-19 ގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 223 އަށް އަރާފައެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 79،864 އަށް އަރާފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 1677 ކޭސް އެވެ. މި ބަލިން 77،953 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 17 މީހަކަށެވެ.