Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު 16.72 ކިލޯގެ ޑްރަގްސް އަތުލައިގެންފި

ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފައިވަނީ، ވައިގެ މަގުން ބްރެޒިލްއިން ރާއްޖެއައި އެގައުމުގެ ރައްޔިތެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ އޮގަސްޓް 18 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 29 އަހަރުގެ ބްރެޒިން އަންހެނެއްގެ އަމަލުތައް ހުރިގޮތުން އެމީހާއާއި މެދު ޝައްކުކުރެވިގެން އޭނާގެ ލަގެޖް ކަސްޓަމްސްއިން ބަލައި ފާސްކުރިއިރު ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާކަމަށެވެ.

މީނާގެ އަތުން ފެނިފައިވަނީ 16.72 ކިލޯގެ ކޮކެއިންކަމަށްވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ. މިތަކެތީގެ މަގުމަޓި އަކު 83 މިލިއަން ރުފިޔާއަށް އަރާކަމަށްވެސް ބުނެފައިވެއެވެ.

އަތުލައިގެންފައިުވާ މަސްތުވާތަކެތި އަދި މިކަމުގައި ޝާމިލުވާ މީހާ ފުލުލުހުންނާ ހަވާލުކޮށްފައިވާކަމަށްވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.