Last Updated: June 26, 03:21
Friday, June 26, 2026
ޚަބަރު

ސިޔާސީ މަގުސަދެއްގައި މުވައްޒަފަކު ވަކިނުކުރަން: ފެނަކަ

ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ސައީދު -- ފޮޓޯ / މިހާރު

ސިޔާސީ މަގުސަދެއްގައި މުވައްޒަފަކު ވަކިނުކުރާކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކައިން މިހެންބުނެފައިވަނީ އިދިކޮޅުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުން އަންނަ ދަތުރުގައި ފަރެސްމާތޮޑާއަށް ކުރި ޒިޔާރަތުގައި އިދިކޮޅު ފަރާތްތަކާ ސަލާންކުރި މީހަކާއެކު އިތުު ބަޔަކު ވަޒީފާއިން ވަކިކުރި ކަމަށްބުނެ ނަަައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ޓްވީޓެއް ކޮށްފައިވަނިކޮށެވެ.

އެގޮތުން ފެނަކައިން ކުރި ޓްވީޓްގައި ބުނެފައިވަނީ ސިޔާސީ އެއްވެސް މަޤްޞަދެއް ޙާޞިލްކުރުމަށްޓަކައި ފެނަކައިގެ އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކިކޮށްފައި ނުވާކަމަށެވެ.

ފެނަކައިގެ މަޝްރޫޢެއްގައި 3 މަސްދުވަހުގެ މުއްދަތަކަށް ވަގުތީގޮތުން މަސައްކަތްކުރަމުންދިޔަ 4 މުވައްޒަފެއް ވަކިކޮށްފައިވަނީ އެމުވައްޒަފުންގެ މަސައްކަތުގެ އަޚުލާޤާއި، ކުރަން ހަވާލްކުރާ މަސައްކަތަށް ގާބިލް މުވައްޒަފުން ނޫންކަމަށް ފެންނާތީ ކަމަށް ފެނަކައިން ބުނެފައިވެއެވެ.

އަދި ކަމުގެ ހަގީގަތް އޮޅޭގޮތަށް ދޮގު މައުލޫމާތު ފަތުރާތީ އެކަމާ ކަންބޮޑުވާކަމަށް ފެނަކައިން ބުނެފައިވެއެވެ.