Last Updated: July 21, 18:02
Wednesday, July 22, 2026
ކުޅިވަރު

އެމްބާޕޭ ހޯދަން ރެއާލް އިން 160 މިލިއަން ޔޫރޯގެ ބިޑެއް

ޕީއެސްޖީގެ ހުނަރުވެރި ފޯވާޑް ކިލިއަން އެމްބާޕޭ ހޯދަން 160 މިލިއަން ޔޫރޯގެ ބިޑެއް ރެއާލް މެޑްރިޑުން ހުށަހަޅައިފިއެވެ.

އުމުރުން 22 އަހަރުގެ އެމްބާޕޭ ޕީއެސްޖީ އާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަނަށްފަހު ހަމަވާއިރު، ކޮންޓްރެކްޓް އާކުރުމުގެ ވިސްނުމެއް އެމްބާޕޭ ނުގެންގުޅޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓުގައި ރެއާލް އިން ހޯދަން އެންމެ ބޮޑަށް ބޭނުންވާ ކުޅުންތެރިއަކީ އެމްބާޕޭ ކަމަށްވާއިރު ރިޕޯޓުތައް ބުނާގޮތުން ރެއާލްގެ ހުށަހެޅުމެއް ޕީއެސްޖީ އިން ވަނީ ނޫނެކޭ ބުނެފައެވެ. އެގޮތުން މި ޓްރާންސްފާ މާކެޓުގައި އެމްބާޕޭ ވިއްކާލުމުގެ އެއްވެސް ވިސްނުމެއް ޕީއެސްޖީން ނުގެންގުޅޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ޓްރާންސްފާ މާކެޓު ބަންދުވާން ބާކީ އޮތީ ހަ ދުވަހެވެ.

2017 ވަނަ އަހަރު އުމުރުން 18 އަހަރުގައި މޮނާކޯ އިން ޕީއެސްޖީ އަށް ބަދަލުވި އެމްބާޕޭ ވަނީ އެ ޓީމަށް ކުޅެދިން 173 މެޗުގައި 133 ގޯލު ކާމިޔާބުކޮށްދީފައެވެ. އޭނާ ވަނީ އެ ޓީމާއެކު މިހާތަނަށް ފްރެންޗު ލީގު ތިން ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.