Last Updated: April 26, 22:31
Friday, April 26, 2024
ޚަބަރު ޖުމްހޫރީ ޕާޓީ

ޖޭޕީ ވަރުގަދަ ކުރަން އިތުރު ފިޔަވަޅުތަކެއް

ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް:-އެ ޕާޓީ ހަރުދަނާކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ވަނީ ފާސްކޮށްފައި

ޖުމުހޫރީ ޕާޓީގެ ހަރުދަނާކޮށް ވަރުގަދަ ކުރުމަށް އިތުރުފިޔަވަޅުތަކެއް އަޅަން އެ ޕާޓީގެ ކައުންސިލުން ރޭ ފާސްކޮށްފި އެވެ.

ޖޭޕީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހް ވިދާޅުވީ ރޭ ބޭއްވި އެ ޕާޓީގެ 143 ވަނަ ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް އަލަށް 10 ކޮމެޓީއެއް އުފައްދަން ކައުންސިލުން ވަނީ ފާސްކޮށްފައި އެވެ. އަދި ކައުންސިލްގެ 15 މެމްބަރުންތެރެއިން ހުސްވެފަވާ 2 މެމްބަރަކު ހޮވުމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލަން ވެސް ވަނީ ނިންމާފައި އެވެ.

ޖޭޕީގެ ލީޑަރ ގާސިމް އިބްރާހީމް ބައިވެރިވަޑައިގެންނެވި އެ ބައްދަލުވުމުގައި ރިޔާސަތުން ވަނީ ޕާޓީ ހަރަކާތަށް އިތުރުކުރުމަށް އަތޮޅުގެ ރަތްތަކަށް ދަތުރުފަށަން ނިންމަވާފައި ކަމަށް އަލީ ސޯލިހް ވިދާޅުވި އެވެ.

ރޭ ޖޭޕީ ބޭއްވި ކައުންސިލް ބައްދަލުވުމުގެ ތެރެއިން:- އެ ޕާޓީ ހަރުދަނާކުރުމަށް ކަންކަން ކުރަން ނިންމި

މީގެ އިތުރުން އެ ޕާޓީގެ ސުލޫކީ ކޮމެޓީ އާއި އިސްތިއުނާފް ކޮމެޓީން ހުސެވެފައިވާ މަގާމުތަކަށް ވެސް ރޭގެ ކައުންސިލް ބައްދަލުވުމުގައި މެމްބަރުން އިންތިހާބުކޮށްފައިވެ އެވެ.

ޕާޓީގެ ޑެޕިއުޓީ ލީޑަރ ޑރ ހުސެއިން ރަޝީދު ހަސަން އާއި ޑެޕީއުޓީ ލީޑަރ އަމީން އިބްރާހިމް އާއި އެކު 29 ކައުންސިލް މެމްބަރުން ބައިވެރި ރޭ ބައްދަލުވުމުގައި ބައިވެރިވެވެވަޑައިގެންނެވި އެވެ.

ޖޭޕީ ހަރުދަނާކުރުމަށް އެ ޕާޓީގެ ކައުންސިލުން ފާސްކުރިއިރު ދާދި ފަހުން ވަނީ އެޕާޓީގެ އިސް ބޭފުޅުންގެ ތަކެއް އެ ޕާޓީން ވަކިވެ އެހެން ޕާޓީއެއް އުފައްދަން މަސައްކަތް ފައްޓަވަފާފައި އެވެ.