Last Updated: June 26, 03:21
Friday, June 26, 2026
ޚަބަރު

ޅައިމަގުގައި ކުޑަ ކުއްޖަކު ރަހީނުކޮށް އަނިޔާކުރުން: 3 މީހަކު ހައްޔަރު ކޮށްފި

ޅައިމަގުގައި ކުޑަ ކުއްޖަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ތިން މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ އެ މައްސަލައިގައި ޅައިމަގުން ހައްޔަރު ކުރީ 26 އަހަރުގެ ދެ ފިރިހެނެކާއި، 31 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއްނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޅައިމަގުގައި ރަހީނުކުރި 17 ކުއްޖާ ފެނިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތުގައި އަތާފައި ބަނދެފައި އޮށްވައެވެ. އަދި އޭނާއަށް އަނިޔާކޮށްފައި ހުރި ނިޝާންތައްވެސް ހުއްޓެވެ. 

މި މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލަ ފުލުހުންނާއި ޖެންޑާއަށް ހުށަހެޅި ކުއްޖާގެ އާއިލާއިންނެވެ.