Last Updated: June 26, 03:21
Thursday, June 25, 2026
ޚަބަރު

ދެއަހަރުތެރޭ ނިންމާގޮތަށް ބްރިޖް މަޝްރޫއުގައި މާދަމާ ސޮއިކުރަނީ

މާލެ ވިލިމާލެ ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖް މަސައްކަތުގެ އެއްބަސްވުމުގައި މާދަމާ ސޮއިކުރުމަށް ތައްޔާރުވެއްޖެއެވެ.

އިންޑިއާ ހިލޭ އެހީ އަދި ކްރިކެޓް އޮފް ލައިންގެ ދަށުން ހަދާ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޗެކްޓް (ޖީ.އެމް.ޕީ.ސީ) އެގްރީމެންޓް ގައި ދިވެހި ސަރުކާރާއި އެފަކޮންސް ކޮމްޕެނީއާއި ދެމެދު މާދަމާ ސޮއި ކުރުމަށް ހަމަޖެހިފައިވަނީ ހެނދުުނު 11:00 ގައެވެ.

ބްރިޖް އަދި ކޯސްވޭ އިން މާލެއާއި ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާނާލެވިގެންދާއިރު، 100 މިލިޔަން ޑޮލަރުގެ ގްރާންޓް އަދި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި ޕްރޮޗެކްޓް އަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު އިންފްރާސްޓްރަކްޗާ ޕްރޮޗެކްޓަށް ވެގެންދާނެއެވެ.

ޖީ.އެމް.ޕީ.ސީ ޕްރޮޗެކްޓްއަކީ މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ބްރިޖް އަދި ކޯސްވޭ އިން ގުޅިގެން ދާނެ ޕްރޮޖެކްޓަކަށްވީއިރު 6.7 ކިލޯމީޓަރު ދިގު މި ބްރިޖް ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯމީޓަރި ހުންނާނެއެވެ. އަދި ފުންފަޅުތަކުގައި 1.45 ކިލޯމީޓަރު އަށް މެރިން ވިއަރޑަކްޓް، އަދި ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއަރޑަކްޓް، އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯމީޓަރު ގެ މަގުހިމެނެއެވެ.

މާލެ އަދި ވިލިނގިލި އާއި ބްރިޖް ގުޅޭ ހިސާބުގައި ޓްރެފިކްލައިޓު ހަރުކުރެވިފައި ހުންނާނެކަމަށާއި އަދި ގުޅީފަޅު އަދި ތިލަފުށި ބްރިޖް ގައި ހުންނާނީ ވައްބުރު ޖަންކްޝަނެއް ކަމަށް މައުލޫމާތު ދީފައިވެއެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންސް ހުންނައިރު ސޯލާރ ޕެނަލްސް ހަރުކޮށް ބޮކިތަށް ސޯލާ ޕަވާއިން ދިއްލޭ ނިޒާމް ހަަމަޖެހޭނެ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

އެންމެފަހުްނ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބަށް ވާއިރަށް ބްރިޖް އެއްކޮށް ނިންމާ ނުލެވޭނެކަމަށާއި، އެހެންނަމަވެސް ބްރިޖް ނިމެމުންދާވަރަކުން ހުޅުވަމުން ދާނެކަމަށެވެ.

ރައީސް ސޯލިހް އިންޑިއާ އަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު ގައި 1.4 ބިލިއަން ޑޮލަރުގެ އިގްތިސާދީ ޕެކޭޖެއް އިޢުލާން ކުރެވުނެވެ. މީގެ ތެރޭގައި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެއާޕޯޓު ތަރައްޤީ ކުރުން، ފަޅުހިއްކުން، ބަނދަރު ހެދުން، މަސް ފެކްޓްރީ ތަރައްޤީ ކުރިން، ކްރިކެޓް ދަނޑުތައް ހެދުން އަދި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުން ފަދަ ޕްރޮޗެކްޓްސް ހިމެނެއެވެ. އަދި 34 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް އަދި އައްޑޫ މަގުތައް ހެދުމުގެ މަސައްކަތް ވަނީފެށިފައެވެ.

މީގެ އިތުރު ޕްރޮޗެކްޓްތަކުގެ މަސައްކަތް ވެސް ވަނީ މިހާރު ހަވާލުކުރުމުގެ ސްޓޭޖްގައެވެ. އިންޑިއާއިން 30 ކޮމިއުނިޓީ ޕްރޮޗެކްޓްވެސް ކުރިއަށް ގެންދާއިރު އޭގެތެރޭގައަން 15 ޕްރޮޗެކްޓް ވަނީ ނިމިފައެވެ. ރައީސް އިބްރާހިމް ސޯލިހް، ބޮޑު ވަޒީރު މޯޑީ އާއި ޖުލައި 14 ވަނަ ދުވަހު ފޯނުން ގުޅުއްވައި މި މަޝްރޫތައް ކުރިއަށްދާ ގޮތާއި ހިންހަމަޖެހޭކަމުގެ ވާހަކަފުޅު ދެއްކެވިއެވެ.