ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައިސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މޭ 6 ވަނަ ދުވަހުދިން ބޮމުގެ ހަމަލާއާ ގުޅިގެން ޓްރެފިކް ޖޭމްގެ މިޔުޒިޝަން "ކަޔާނޯ" ތައްޔާރުކޮށްފައިވާ ލަވަ "ބޮން" އަޑުއަހާ އަސަރުން ރޮވިއްޖެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ކަޔާނޯއާއި ބޭންޑަށް ތަހުނިޔާވިދާޅުވެފައެވެ.
އަދި ވިދާޅުވީ އެމަނިކުފާނު ބަސް ހުއްޓިފައި އިނދެވޭނީ މަދު ފަހަރަކު ކަމަށާއި، އެހެންނަމަވެސް "މިވަގުތު މިއިނީ އަސަރުން ރޮވިފައި، އުފަލުން ހެވި މަންޒަރު ފެނި ހީބިހި ނަގާފައި" ކަމަށެވެ.
Traphic Jam ge lead vocalist Kayano aai band ge huriha menbarunah varah bodah thahniya. Alhugadu bas huttifa indheveynee madhu faharaku. Ehenas mivaguthu mi inee asarun rovifa, ufalun hevifa manzaru fenifa heebihi nagaafa. 🙏🏽 @traphicjammv
— Mohamed Nasheed (@MohamedNasheed) August 25, 2021
ބޮން ގޮއްވާލި ސަރަހައްދުގައި ކަޔާނޯގެ ލަވަ ރޭ ނެރެދެއްވީ ރައީސް ނަޝީދުގެ މަންމާފުޅު އާބިދާ މުހައްމަދެވެ.
ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނު މިވަގުތު އިތުރުފަރުވާ އިނގިރޭސިވިލާތުން ހޯއްދަމުން އަންނައިރު އެކަމުގެ ފަހަތުގައި ތިބި މީހުން ހޯދި އަދަބު ދެވެންދެން ރާއްޖެދިއުމަށް ފަސްޖެހޭކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝިދު މަޖިލީހަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާ ރާވާ ހިންގި ފަރާތްތަކުގެ ތަހުގީގު އަދި ނުނިމޭކަމަށް ފުލުހުން ބުނެފައިވާކަން ފާހަގަކޮށްފައެވެ. އެ ފަރާތްތަކުގެ ތަހުގީގުނިމި އިންސާފުގެ ކުރިމައްޗަށް ގެނެވި ހައްޔަރުގައި ބޭތިއްބުމުގެ ކުރީގައި ރާއްޖެ ދިއުމަކީ އާއިލާއާއި ހެޔޮއެދޭ ފަރާތްތައް އަދި ހުދު އެމަނިކުފާނުވެސް ޖެހިލުންވާކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.