މާލޭގައި އިއްޔަ ހެނދުނު ޒުވާނެއްގެ ކަރަށް ވަޅި ހެރި މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
އިއްޔަ ހެނދުނު ސޯސަން މަގުގައި ހުންނަ ރޯޝަނީ ބިލްޑިން ކައިރީ ހިންގި މާރާމާރީގައި ހަމަލާދީފައިވަނީ އުމުރުން 21 އަހަރުގެ ޒުވާނަކަށެވެ.
އޭނާއަށް ހަމަލާ ދީފައިވަނީ ގްރޫޕަކުން ކަމަށާއި، އަދި ވަޅިން ހަމަލާ ދީފައިވަނީ ކަރުގެ ވާއަތްފަޅިން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މިކަމާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވޭތޯ "އައްޑޫލައިވް"އިން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.
މި ހަމަލާގެ ސަބަބުން ޒުވާނާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން އަންނައިރު ކަރުގެ ބައެއް ނާރުތައް ބުރިވެފައިވާކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.