Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

މަހިބަދޫ އަނެއްކާވެސް މޮނިޓަރިންއަށް

އދ.މަހިބަދޫ

އދ. މަހިބަދޫ އަނެއްކާވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ މަހިބަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިއަދު ކަމަށެވެ. މިއީ މަހިބަދޫ މޮނިޓަރިންގެ ހާލަތަށް ގެނައި ތިން ވަނަ ފަހަރެވެ.

މަހިބަދޫއާ އެކު މިވަގުތު 17 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އެއީ ރ. ދުވާފަރު، ކ. ކާށިދޫ، ށ. ފީވަށް، ދ. ކުޑަހުވަދޫ، އއ. ހިމަންދޫ، އދ. ހަންޏާމީދޫ، ހއ. އިހަވަންދޫ، ގއ. ކަނޑުހުޅުދޫ، މ. މަޑުއްވަރި، ކ. ގާފަރު، ފުވައްމުލަކުސިޓީ، ގދ. ގައްދޫ، ގދ. މަޑަވެލި، ތ. ވޭމަންޑޫ، ލ. މުންޑޫ، ށ. މިލަންދޫ އދ. މަހިބަދޫ އެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 80،539 އަށް އަރާފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 1607 ކޭސް އެވެ. މި ބަލިން 78،694 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 11 މީހަކަށެވެ. މި ބަލީގައި 225 މީހަކު ވަނީ ނިޔާވެފައެވެ.