Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ނޭކުރެންދޫ ޖަލާ ގުޅޭގޮތުން އިމްރާނާ ސުވާލުކުރަނީ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ - ފޮޓޯ: މަޖިލިސް

ހދ ނޭކުރެންދޫގައި އަޅަން ނިންމާފައިވާ ޖަލާއި ގުޅޭގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފިއެވެ.

މި މައްސަލައިގައި މިނިސްޓަރު އިމްރާނާ ސުވާލުކުރުމަށް ހުށަހަޅާފައިވަނީ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީއެވެ.

ރާއި ހުށަހަޅާފައިވާ ސުވާލުގައި ބުނެފައިވަނީ ނޭކުރެންދޫގައި ކަރެކްޝަން ސެންޓަރު އެޅުމަށް މިހާތަނަށް ކުރެވިފައިވާ އަމަލީ މަސައްކަތްތަކަކީ ކޮބާތޯއާއި ކޮންމެ އަހަރެއްގެ ބަޖެޓުގައި އެކަމަށް ޚާއްސަކޮށްފައިވާ ފައިސާއިން ކުރި ޚަރަދުތަކުގެ ތަފްސީލުތަކަކީ ކޮބާތޯއެވެ.

ނޭކުރެންދޫގައި އެޅުމަށް ނިންމާފައިވާ ޖަލުގެ މަސައްކަތަކީ މިއަހަރުގެ ބަޖެޓުގައިވެސް ހިމަނާފައިވާ މަސައްކަތެކެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ނޭކުރެންދޫ ޖަލު އިމާރާތް ކުރުމުގެ މަސައްކަތް ފަށަން ހަދާ އީއައިއޭ ނިންމާފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ޖަލާ ގުޅިފައިވާ މަގުތައް ހެދުމުގެ މަސައްކަތެވެ.