Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

އެމްޑީޕީއަކީ ވައުދުވެ ވައުދު ފުއްދަން ނޭންގޭ ޕާޓީއެއް: މަލީހް

މުހައްމަދު މަލީހް ޖަމާލް--

އެމްޑީޕީއަކީ ވައުދުވެ ވައުދު ފުއްދަން ނޭންގޭ ޕާޓީއެއްކަމަށް މިސަރުކާރުގެ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

އިތުބާރު ނެތްކަމަށް ފާސްކޮށް މަގާމުން ދުރުކުރި ފަހުން އެމްޑީޕީއާއި ސަރުކާރަށް ފާޑުކިޔަމުން އަންނަ މަލީހް ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީއަކީ ވައުދުވެ ވައުދު ފުއްދަން ނޭންގޭ ޕާޓީއެއްކަމަށާއި، ޕީޕީއެމުން ވައުދުވެ ވައުދު ފުއްދާނެކަމަށެވެ.

"އެމްޑީޕީއަށް ވައުދު ނުފުއްދެނީ އަޚްލާގު ދަށްވީމަ." މަލީހްގެ ޓްވީޓްގައިވެއެވެ.

މަލީހްގެ ޓްވީޓްގައި އޭނާ ވަނީ ސަރުކާރު އިސްތިއުފާ ދިނުމަށްވެސް ގޮވާލާފައެވެ.

އިތުބާރު ނެތްކަމަށް ފާސްކޮށް މަގާމުން ދުރުކުރި ފަހުން މަލީހް އަންނަނީ ސަރުކާރާއި އެމްޑީޕީއަށް ނުހަނު ބޮޑަށް ފާޑުކިޔަމުންނެވެ. އަދި އޭނާ މަގާމާއި ހަވާލުވިއިރު ހުރި ޖުމްހޫރީ ޕާޓީން ވަކިވެ މިހާރުވަނީ ޕީޕީއެމާވެސް ގުޅިފައެވެ.