Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ދެ ބިލަކަށް ހިޔާލު ހޯދުމަށް ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ދެ ބިލަކަށް ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފައިވަނީ ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

މި ދެ ބިލަށް ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ 1 ސެޕްޓެމްބަރު 2021 ވަނަ ދުވަހުގެ 08:00 ގެ ކުރިން މެއިލް ކުރުމަށް ވަނީ އެދިފައެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. އަދި ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާފައިވަނީ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އެވެ. މި ދެ ބިލުވެސް މިވަގުތު އޮތީ ކޮމިޓީ މަރުހަލާގައެވެ.