Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

އިހަވަންދޫ ބަނދަރު މަސައްކަތުގެ 60 އިންސައްތަ ނިމިއްޖެ

ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމާލައިފިއެވެ.

އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ އިހަވަންދޫ ބަނދަރު މަޝްރޫއުގެ މަސައްކަތުގެ 60 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް މިއަދު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީީން މައުލޫމާތުދެއެވެ. އަދި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 4,582 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.

އިހަވަންދޫ ބަނދަރު މަޝްރޫއުއަކީ 59.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.