Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު އައްޑޫ

ހިލޭ އިނގިރޭސި ދަސްކޮށްދޭ ކޯހެއް އައްޑޫގައި ފަށަނީ

އައްޑޫ ސިޓީ ހިތަދޫ | ފޮޓޯ: އަލީ އިބްރާހިމް

އައްޑޫ ސިޓީގައި ބޮޑެތި މީހުނަށް އިނގިރޭސި ދަސްކޮށްދޭ ކޯސްތަކެއް ފަށަން ނިންމައި ކޯހުގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ އައްޑޫ ސިޓީގެ އަންހެނުން ކުރިއަރުވާ ކޮމެޓީ އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއާ ގުޅިގެން ކުރިއަށްގެންދަން ހަމަޖެހިފައިވާ ކޯހެކެވެ. މީގައި ބައިވެރިވުމަށް ހުޅުވާލައި ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި މި ކޯސް ނިމޭއިރު ބޭސިކް ގަވައިދާއި ލިޔުމުގެ ބޭސިކް އެނގިގެންދާނެ އެވެ.

ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ފޯމް ހުށައަޅަން ޖެހޭ އެންމެ ފަހު ތާރިހަކީ މި މަހުގެ 30 ވަނަ ދުވަހުގެ 12.00 ކުރިން ކަމަށްވެސް އައްޑޫ ސިޓީ ޑަބްލިޔުޑީސީން މައުލޫމާތުދެ އެވެ.

މުޅި އައްޑޫ ސިޓީއަށް ހުޅުވާލަފައިވާ މި ކޯހަށް ނަގާނީ 25 ބައިވެރިން ކަމަށް ވެސް އެ އިއުލާންގައިވެ އެވެ.