ޓޫރިޒަމް މިނިސްޓްރީއަށް "ގޮތް ނޭންގޭ ޕެކޭޖެއް" ލިބިފައި އޮތުމުން އެތަނުން މުވައްޒަފުން ހުސްކޮށްފައިވާކަމަށް "އައްޑޫލައިވް"އަށް މައުލޫމާތު ލިބިއްޖެއެވެ.
ވެލާނާގޭގައި ހިންގާ ޓޫރިޒަމް މިނިސްޓްރީގެ އޮފީހުން މުވައްޒަފުން ނެރެ ހުސްކޮށް ސިފައިން ހަރަކާތްތެރިވަމުން އަންނަކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ހުސްކޮށްފައިވާކަން "އައްޑޫލައިވް"އަށް ވަނީ ކަށަވަރުވެފައެވެ.
ޓޫރިޒަމް މިނިސްޓްރީއަށް ގޮތް ނޭންގޭ ޕެކޭޖެއް ލިބުމުން ސިފައިން ހަރަކާތްތެރިވަމުން އަންނައިރު، މިކަމަކީ ގޮތް ނޭންގޭ ޕްކޭޖްތައް ލިބުމުން އަމަލުކުރުމަށް އޮންނަ އުސޫލުގެ ތެރެއިން ކުރެވޭ ކަމެއްކަމަށްވެސް މައުލޫމާތު ލިބެއެވެ.
މިކަމާ ގުޅޭގޮތުން ކަމާ ގުޅޭ އިދާރާތަކުން އިތުރު މައުލޫމާތެއް އަދި ހިއްސާކޮށްފައެއް ނުވެއެވެ.