ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާތަކަށް ސައުދީގެ ވަފުދެއް ރާއްޖެ އަތުވެއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާ ކުރިއަށް ގެންދިއުމަށް ސައުދީގެ ވަފުދެއް ރާއްޖެ އަތުވެފައިވާކަމަށެވެ.
މަބްރޫކް ވިދާޅުވީ އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދާނީ މާދަމާ ކަމަށެވެ.
ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ފަސްބުރީގެ ސަލްމާން މިސްކިތް ނުހުޅުވި ލަސްވާތީ އެކަމުގައި އިދިކޮޅުގެ ކަންބޮޑުވުން ބޮޑެވެ. އެހެންނަމަވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މިސްކިތް ނުހުޅުވި ލަސްވަނި ސައުދީން އެކަމުގައި ތާރީހެއް ނުލިބިގެންކަމަށެވެ.