އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ މެމްބަރުންގެ އިހުތިޖާޖާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މެދުކަނޑާލައިފިއެވެ.
އިދިކޮޅު މެމްބަރުން އިހުތިޖާޖް ކުރަމުން އަންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އޯޑިއޯތަކެއް ލީކް ވެފައިވާތީއެވެ.
އިހުތިޖާޖާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަނީ ތަކުރާރުކޮށް ނިޒާމީ މައްސަލަ ނަގާ އެ މެމްބަަރުންގެ ނަން އިއްވައިގެން ނަމަވެސް މަޖިލިސް ކުރިއަށް ގެންދިއުމަށް އެދިފައެވެ.
އިދިކޮޅު ޕީޕީއެމް ޕިއެންސީއަށް ނިސްބަތްވާ 5 މެމްބަރުން މިއަދު މަޖިލީހުގައި އިހުތިޖާޖް ކުރަމުން އައިއިރު އެ އިހުތިޖާޖާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ހަސަން އަފީފް ވަނީ މަޖިލީހުގެ ޖަލްސާ 10 މިނެޓަށް މެދުކަނޑާލާފައެވެ.
އިދިކޮޅުން މެމްބަރުން އަންނަނީ އެ ލީކްވި އޯޑިއޯގެ މައްސަލަ ބެލުމަށް ގޮވާލާ އަދި ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލާފައެވެ.
ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވި ގާޒީންގެ ބެންޗުގައި ހިިމެނޭ ދެ ގާޒީއެއްގެ އޯޑިއޯއެއް ރާއްޖޭގެ ބައެއް މީޑިއާތަކަށް ލިބި އެ ލީކުވެފައިވާއިރު އެ އޯޑިއޯތަކުގައި ގާޒީއެއް ބުނެފައިވަނީ ޔާމީނަށް ހުކުމް އިއްވީ ގާޒީން ރަހީން ކޮށްގެން ކަމަށާއި، ހުކުމުގައި އޮތް އެއްޗެއްވެސް ނޭންގޭކަމަށެވެ.