Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

މާފުށީ ޖަލަށް ވައްދަން އުޅުނު ގިނަ އަދަދެެއްގެ ތަކެތި އަތުލައިގެންފި

މާފުށީ ޖަލަށް ވައްދަން އުޅެނިކޮށް އަތުލައިގެންފައިވާ ތަކެތި--

މާފުށީ ޖަލަށް ވަގަށް ވައްދަން އުޅުނު ގިނަ އަދަދެއްގެ ތަކެތި އަތުލައިގެންފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރޭ ފަތިހު ފުލުހުންގެ އިންޓެލިޖެންސާއި މާފުށީ ފުލުހުންނާއި ކަރެކްޝަނަލް ސާވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާފުށީ ޖަލަށް ގިނަ އަދަދެއްގެ ތަކެތި ވައްދަން އުޅުނު މީހަކު މާފުށީ މޫދު ސަރަަހައްދުން ހައްޔަރުކޮށް އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

އެގޮތުން އަތުލައިގެންފައިވާ ތަކެތީގެ ތެރޭގައި، 50 ސްމާޓް ފޯނު، 42 ފޯނު، 109 ފޯނު ޗާޖަރު، 77 ޔޫއެސްބީ ކޭބަލް، 65 ހެޑްސެޓް، 49 ދިރާގު ސިމް، 12 އުރީދޫ ސިމް، 2 ޕެކް ކަޓަރު ތިލަ، 10 މިސްވާކް އަދި އިތުރު ސާމާނު ހިމެނެއެވެ.

ދޭތެރެ ދޭތެރެއިން މާފުށި ޖަލަށް ފޯނާއި އިތުރު ބައެއް ތަކެތި ވެއްދުމަށް މަސައްކަތް ކުރެއެވެ.