Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

އިދިކޮޅު މެމްބަރުން ރައީސް އޮފީހަށް ވަދެއްޖެ

އިދިކޮޅު މަޖިލިސް މެމްބަރުން ރައީސް އޮފީހަށް ވަންނަނީ--

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ މެމްބަރުން ރައީސް އޮފީހަށް ވަދެއްޖެއެވެ.

އެ މެމްބަރުން ރައީސް އޮފީހަށް ގޮސްފައިވަނީ މިއަދު މަޖިލީހުގައި އިހުތިޖާޖް ކުރުމަށްފަހުއެވެ.

ޕީޕީއެމުން ބުނެފައިވަނީ އެ މެމްބަރުން ރައީސް އޮފީހަށް ގޮސްފައިވަނީ ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމަށް ރައީސް އޮފީހުން ނުފޫޒު ފޯރުވާފައިވާތީ އެކަމާ ދެކޮޅަށް ކުރާ އިހުތިޖާޖުގެ ތެރެއިން ކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ސޯލިހާ ބައްދަލުކުރުމަށް އެ މެމްބަރުން އެދުމުން މަޑުކޮށްލުމަށް އެދިފައިވާކަމަށެވެ.

އިދިކޮޅު މެމްބަރުން އިހުތިޖާޖް ކުރަމުން އަންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އޯޑިއޯތަކެއް ލީކް ވެފައިވާތީއެވެ. އިހުތިޖާޖާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަނީ ތަކުރާރުކޮށް ނިޒާމީ މައްސަލަ ނަގާ އެ މެމްބަަރުންގެ ނަން އިއްވައިގެން ނަމަވެސް މަޖިލިސް ކުރިއަށް ގެންދިއުމަށް އެދިފައެވެ.