އިލެކްޝަން ކޮމިޝަންގެ ހުސްވެފައިވާ މެމްބަރުކަމުގެ މަޤާމަށް މުހައްމަދު އާސިފް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އާސިފް އީސީގެ މެމްބަރުކަމަށް އައްޔަނުކުރުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 50 މެމްބަރުންގެ ވޯޓުންނެވެ.
އީސީގެ މެމްބަރުކަމަށް ފަސް ފަރާތަކުން ކުރިމަތި ލާފައިވެއެވެ. އެގޮތުން އެ މަގާމަށް ކުރިމަތިލާފައިވަނީ މުހައްމަދު އަސިފް / ހ. އިރުވައި، ޝަހުލާ އިސްމާއިލް / ފިނިއުނިމާގެ، ޅ. ހިންނަވަރު، އަޒްލީމާ އަހުމަދު / ދަފްތަރު، އަހުމަދު މަންސޫރު / ވ. ރިވެތި އަދި މަރިޔަމް ހަނީފާ ހާލިދު / އަނބުގަސްދޮށުގެ، ހއ. ކެލާ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެކޮމިޝަނުގެ މެމްބަރު އަދި ރައީސްގެ މަޤާމުގައި ހުންނެވި އަހުމަދު ޝަރީފް އިސްތިއުފާ ދެއްވުމުންނެވެ.