Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ސަރުކާރުގެ ގެޒެޓް ޑައުންވެފައި: އަދިވެސް މައްސަލަ ހައްލެއްނުވޭ!

ސަރުކާރުގެ ގެޒެޓް މިއަދުގެ ވަގުތެއްގައި ޑައުންވެއްޖެއެވެ.

ގެޒެޓް ޑައުންވެފައި ހުންނަތާ 3 ގަޑިއިރަށްވުރެ ގިނައިރު ވެފައިވީއިރުވެސް މައްސަލަ ޙައްލުކުރެވިފައި ނުވެއެވެ. މިކަމާ ގުޅިގެން ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މަބްރޫކް އަޒީޒް ވިދާޅުވީ، ގެޒެޓް ޑައުންވި ސަބަބު ބަލަމުން އަންނަ ކަމަށެވެ.

ދައުލަތުގެ ގެޒެޓަށް އެއްފަހަރާ ގިނަމީހުން ވަންނަން އުޅުމުގެ ސަބަބުން މިފަދަ މައްސަލަތައް މީގެ ކުރިންވެސްވަނީ ކުރިމަތިވެފައެވެ. ގެޒެޓަކީ ސަރުކާރުން އާންމުކުރާ އިއުލާންތަކާއި، ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން އެހެނިހެންވެސް ސަރުކާރުގެ އިތުރު ލިޔުންތައް ފެންނަން ހުންނަ ވެބްސައިޓެކެވެ.