ސ.ހިތަދޫ ސެލޫނަކުން ވައްކަން ކުރަން މަސައްކަތް ކުރަމުން ދިޔަ މީހަކު އަތުލައިގެންފި އެވެ.
މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފައި ވަނީ 32 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާއަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ އިތުރުން ފޭރުމުގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އިއްޔެ ހަވީރު 5:17 އެހާކަށްހާ އިރު ހިތަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ސެލޫންގެ ބިއްލޫރިގަނޑެއް ތަޅާލައިގެން ވަދެ ވައްކަން ކުރަން މަސައްކަތް ކުރަމުން ދަނިކޮށް 5:30 އެހާކަށްހާ އިރު ވައްކަން ކުރަން ވަދެ އުޅުނު ސެލޫން ތެރެއިންނެވެ.