Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ބިލެއްފަހި ބަނދަރު މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް

ށ. ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދަމުން އަންނަކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެފަހު ޝިޕްމަންޓް 30 އޯގަސްޓް 2021 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 24,125 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 98 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1,150 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުން ހިމެނޭ ކަމަށް އެމްޓީސީސީން މައުލުމާތުދެއެވެ.

ބިލެއްފަހި ބަނދަރު ތަައްޤީކުރުމުގެ މަޝްރޫއުއަކީ 28.42 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.