Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ނަޝީދަށް ދިން ބޮމުގެ ހަމަލާ: ފަހުމީ އަދި އިސްހާގުގެ ބަންދަށް އިތުރު 14 ދުވަސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރު ކޮށްފައިތިބި ފަހުމީ އަލީ އާއި އިސްހާގުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރު ކޮށްފިއެވެ.

މޭ 6ގެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ މ. އުދެހިގޭ އިސްހާގާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ ބަންދަށް ކްރިމިނަލް ކޯޓުން 14 ދުވަސް ޖަހާފައިވަނީ އިއްޔައެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި އިސްހާގަކީ މި ހަމަލާ ރޭވުމުގައި އިސްދައުރެއް އަދާކޮށްފައިވާ މީހެކެވެ. އަދި ބޮން ގޮއްވާލި އަދުހަމް ތައްޔާރު ކުރުމުގައި ވެސް އިސްދައުރެއް އަދާކޮށްފައިވަނީ އިސްހާގު ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެއިތުރުން ފަހުމީއަކީ ވެސް މި މައްސަލައިގައި އެކި ދައުރު އަދާކޮށްފައިވާ މީހެއްކަމަށް ބުނެފައިވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން ހަތަރު މީހަކަށް މިހާތަނަށް ދައުވާކޮށްފައިވެއެވެ. އެއީ އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.