އައްޑޫ ސިޓީ މަރަދޫފޭދޫ އަވަށުގައި އިންޑޯރ ވޮލީ ކޮމްޕްލެކްސްއެއް ޤާއިމްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.
އައްޑޫސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މިމަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކައްކަމަށެވެ.
މި މަސައްކަތާއި ގުޅޭ މައުލޫމާތު ސެޝަން 2021 ސެޕްޓެންބަރު 08 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި އައްޑޫސިޓީ ކައުންސިލް ކޮންފަރެންސް ހޯލްގައި އޮންނާނެކަމަށާއި، ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2021 އޯގަސްޓް 01 ވާ ބުދަ ދުވަހުން ފެށިގެން 2021 ސެޕްޓެންބަރު 08 ވާ ބުދަ ދުވަހުގެ 12:00 އާއި ދެމެދު އީމެއިލް ([email protected]) ކުރުމަށް ވެސް އެދިފައިވެއެވެ.
މިމަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 2074 ރުފިޔާ ހުށަހަޅަން ޖެހޭނެކަމަށާއި، ބީލަންތައްބަލައިގަތުމާއި، ބީލަންހުޅުވުންއޮންނާނީ 2021 ސެޕްޓެންބަރު 16 ވާ ބުރާސްފަތިދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގައި ކަމަށްވެސް ބުނެފައިވެއެވެ.
ސިޓީ ކައުންސިލުން ބުނެފައިވަނީ މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 2021 ސެޕްޓެމްބަރު 01 ވާ ބުދަދުވަހުގެ 10:00 އިން ފެށިގެން 2021 ސެޕްޓެމްބަރު 07 ވާ އަންގާރަ ދުވަހުގެ 13:00އާއި ހަމަޔަށް ސިޓީކައުންސިލް އިދާރާއިން ގަންނަން ލިބޭނެކަމަށެވެ.