މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މީހާ ބަންދުން ދޫކޮށްލައިފިއެވެ.
ފުލުހުން ބުނެފައިވަނީ އޭނާ ބަންދުން ދޫކޮށްލާފައިވަނީ ފުވައްމުލަކު ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކެއް ކުރުމަށްފަހު ކަމަށެވެ.
އުމުރުން 34 އަހަރުގެ އެ މީހާ ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އެމީހާ ހައްޔަރުކޮށްފައިވަނީ ފުވައްމުލަކުން މާލެ އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިނުމުންނެވެ.