މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އޮފީހުގައި މާރާމާރިއެއް ހިންގައިފިއެވެ.
ފުލުހުން ބުނެފައިވަނީ ސޯސަންމަގުގައި ހުންނަ އެމްޑީޕީގެ އޮފީސް ތެރޭގައި މާރާމާރިއެއް ހިންގިކަމުގެ މައުލޫމާތު މިއަދު 12:30 ހާއިރު ލިބިފައިވާކަމަށެވެ.
މި މައްސަލައިގައި އަންހެނަކަށް އަނިޔާވެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށްވެސް ބުނެފައިވެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މާރާމާރީގައި އަނިޔާވެފައިވަނީ އެމްޑީޕީ އިދާރީ މުވައްޒަފެެއްގެ ގޮތުން މަސައްކަތް ކުރަމުން އަންނަ މެންބަރު މީކާއިލް ނަސީމްގެ މަންމަ، މަންދީ އަށެވެ. އަދި އޭނާގެ ބޯ ފަޅައިގެން ގޮސްފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ބުނެފައިވަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށެވެ.